ގޮންޖެހުން ތަކުން އަރައިގަތުމަށް މަސީހް އިސްތިއުފާދޭންޖެހޭ - މުބީން

27 Oct 2018 | 13:42

ގޮންޖެހުން ތަކުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޤާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

"ވޮއިސް" އަށް ދެއްވި ބަސްދީ ގަތުމެއްގައި މުބީން އިތުރަށް ވިދާޅުވި ގޮތުގައި މިއުޅެނީ ރައީސް ޔާމީން އާދޭތެރޭ މައްސަލައެއް ޖެހިގެން ނޫންކާމާއި، އެމަނިކުފާނަށް އަދިވެސް އެއޮންނަ އިހްލާސްތެރިކަން އޮންނާނެކަމަށެވެ.

މަސީހާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން މުބީން ވިދާޅުވީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވެސް މަޖްލިސް ރައިސް މަސީހް ގެ މައްސަލައިގެ ހިޔަނި އެޅިފައިވާ ކަމަށާއި، މިކަމުން ޕާޓީގެ އެތެރޭގެ މަސްލަހަތުވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުބީން އަކީ ރައީސް ޔާމީން ޓީމްގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ މެންބަރުންގެ ތެރެއިން މެންބަރެކެވެ. އަދި ރިޔާސީ އިންތިހަާބުގެ ނާކާމިޔާބީއަށް އިދިކޮޅުން މަޖްލީހަށް ހުށަހެޅި ދެބިލްގައި ވެސް މުބީން ހިމެނޭ ގޮތުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ސޮއެ ކުރުމުން އެކަމަށް ދަނީ ޕީޕީއެމްގެ އާއްމު މެންބަރުން ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

Advertisement

ކޮމެންޓް