Advertisement

އެމްޓީސީސީއަށް މިހާރު އަންނަނީ ފައިދާވަމުން: ޝާހު

29 Sep 2019 | 12:55

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް މިހާރު ފައިދާވަމުން އަންނަކަމަށް އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާާޅުވީ އެކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މިިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އެކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަތިކޮށްކަމަށެވެ. އެގޮތުން މިއަހަރުގެ ޖޫންމަހާއި ހަަމައަށް އެކުންފުނި ގެއްލުމުގައި ހިންގަމުންދިޔައިރު، ޖުލައިމަހުން ފެށިގެން އެކުންފުންޏަށް ފައިދާވަމުން އަންނަކަަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިއަަހަރުގެ މިހާތަނަށް އެ ކުންފުނިން 17 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައިވާނެކަަމަށާއި، އެކުންފުންޏާއި ޖުމްލަ 38 މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކަކީ ޑިޒައިން ކުރުން ފަދަ ކަންތައްތައް ކުރުންކަމަށް އެބޭފުޅާ ވަނީ ފާހަަަގަކުރައްވާފައެވެ.

މި މަޝްރޫއުތަކުގެ ތަފްސީލް ކޮންމެ ހަފްތާއަކު ރައީސް އޮފީހަށް ފޮނުވަމުން އަންނަ ކަމަށްވެސް ޝާހު ވަނީ ހާމަކުރައްވާފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement