އެޖެންޑާ 19ގެ ތަފާތަކީ ހިތު ހުރި ގޮތަކަށް ކަންކަން ކުރުން؟- އަދުރޭ

29 Sep 2019 | 12:11

 އެޖެންޑާ 19ގެ ތަފާތަކީ ފިކުރު ދިމާ ނުވުމުން ހިތު ހުރި ގޮތަކަށް ކަންކަން ކުރުން ކަމާމެދު ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން އެކި ކުންފުނިތަކަށް ބަދަލު ދޭއިރު ދީބާޖާއަށް ބަދަލު ދިނުން އޯކޭ ކަމަށާއި، ބިގް ކުންފުންޏަށްވެސް ބަދަލު ދިނުން ލާޒިމު ކަމަށެވެ. އަދި ވިދާޅުވީ ނިއުޕޯޓު ވީމައި ފުނޑާލަންވެސް އޯކޭ ކަމަށެެވެ.

"މީތޯ އެބުނާ ހަމަ ހަމަ ކަމަކީ، ނުވަތަ އިންސާފަކީ. ކޮބައިތޯ ހައްގު މިންވަރު؟ " އަބްދުއްރަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އަބްދުއްރަހީމް އެެހެން ވިދާޅުވިއިރު ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ނިއުޕޯޓް ވިއު ހުރި ބިން، ފަނަރަ ދުވަހުގެ ތެރޭގައި ހަވާލުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން ސްޓްރާޑާއިން ބުނެފައިވަނީ 15 ދުވަހުގެ ތެރޭގައި ނިއުޕޯޓް ކުރި ބިން ހުސްކޮށް، ސަރުކާރާ ހަވާލު ކުރުމުގެ އިތުރުން ބަދަލުގެ ގޮތުގައި 1.1 މިލިޔަން ރުފިޔާ ސަރުކާރަށް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅަށް ބެލުމެއް ނެތި ކޮށްފައިވާ ހުކުމެއް ކަމަށެވެ. 

އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ އަވަސް އޮންލައިން 

Advertisement

ކޮމެންޓް