Advertisement

އަދިވެސް މި ހުންނެވީ ރައީސް ޔާމީންއާއި އެކު: ޔާމީން ރަޝީދް

24 Oct 2018 | 18:10

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވިނަމަވެސް މިހުންނެވީ ރައީސް ޔާމީންއާއި އެކުގައި ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންއަށް ބޭވަފާތެރިވީ އެންމެ ގާތުގާ ތިބި މީހުންކަމަށް ބުނެ ބައެއް މީޑިއާތަކާއި މީސްމީޑިއާތަކުގައި ވާހަކަ ފެތުރެން ފެށުމުން އެކަމަށް ރައްދު ދެއްވަމުން ޔާމިން ވިދާޅުވީ ރައީސް ޔާމިން އަށް ވަފާތެރިކަންމަތީ ދެމިހުރި ކަމަށެވެ.

އަދި މަސީހުގެ އިތުބާރު ނެތް މައްސަލައިގައި ސޮއި ކުރުމާއި މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓް ދިނުމަކީ މުޅިން ތަފާތު ދެކަމެއް ގޮތުގައި ޔާމިން ރަޝީދު ވަނީ ސިފަކުރައްވާފައެވެ.

އަދި އެވާހަކަތައް ފަތުރާ މީހުންނަށް އެވާހަކައެއް ދެއްކުމުގެ ކުރިން އެދެއްކެނި ކޮންކަހަލަ ވާހަކައެއްތޯ ވިސްނާލުމަށް ޔާމިން ރަޝީދު ވަނީ ގޮވާލައްވާފައިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމް ގެ މެންބަރުންނާއި އިދިކޮޅު ކޯލިޝަންގެ މެންބަރުންނާއެކު ޖުމްލަ 51 މެންބަރުން ވަނީ ސޮއި ކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް