މަޖިލިސް ރައީސް ކަމަށް އަބްދުރަހީމް: މަނިކުފާނަށް އޭރުވެސް ލަނޑު ދިނީ ރައީސް ޔާމީން - ރިޔާޒް

27 Oct 2018 | 13:42

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަޤާމަށް ކުރިމަތި ލުމުން އެފަހަރުވެސް މަނިކުފާނަށް ލަނޑުދިނީ ރައީސް ޔާމީން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

މަޖްލީހުގެ ރައީސް ގެ މަޤާމުން ބޭރުކޮށްފި ނަމަ މަޖލިސް ގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަން އަބްދުރަހީމް އިއުލާން ކޮށްފައިވާ ޓުވީޓައް ރައްދު ދެއްވައި ރިޔާޒް ވިދާޅުވި މަޖިލީހުގެ ނާއިބު ރައީސް ގެ މަޤާމަށް ކުރިމަތިލުމުން އެފަހަރުވެސް އަބްދުރަހީމަށް ލަނޑު ދިނީ ރައީސް ޔާމީން ކަމަށާއި އޭރު ޕީޕީއެމް ގެ މެޖޯރިޓީ އޮވެ މޫސާ މަނިކް ހޮވީކަމަށެވެ.


އަދި މިފަހަރު އަނެއްކާ އަނެއް ލަނޑު ނުދީފިއްޔާ ކިތައްމެހާ ރަނގަޅުކަމަށް ވެސް ރިޔާޒް ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އަބްދުރަހީމް ގެ އިތުރުން މަޖްލިސް ރައީސް ކަމަށް ކުރިމަތި ލެއްވުމުގެ ޝައުގު ފާޅުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.

އެގޮތުން މިއަދު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ އިދާރަގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީ ގެ ޕީޖީ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވިގޮތުގައި މަޖިލީހުގެ ރައީސް ކަމަށް ޤާސިބް އިބްރާހިމް ގެނައުމަށް އުއްމީދު ކުރާކަން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ވެސް މަޖްލިސް ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅިގެން މަޖްލިސް ރައީސް ކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގެނައުމުގެ ވާހަކަ ވަނީ ދެކެވިފައެވެ.

Advertisement

ކޮމެންޓް