ސަރުކާރުގެ އަމާޒަކީ މުވާސަލާތީ ހިދުމަތުގެ އަގުހެޔޮ ކުރުން: މިނިސްޓަރު މަލީހު

01 Oct 2019 | 21:21

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި، އެ ހިދުމަތްތައް އަގުހެޔޮކޮށް، ރައްޔިތުންނަށް ޒަމާނީ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މުވާސަލާތީ ކުންފުނި ދިރާގަށް 31 އަހަރު ފުރޭ މުނާސަބަތުގައި މިނިސްޓަރު މަލީހު ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ތަރައްގީގައި ދިރާގުން ވަނީ މުހިންމު ހިއްސާއެއް އަދާކޮށްފައި ކަމަށެެވެ.

މީގެ 31 އަހަރު ކުރިން އެކެއް އޮކްޓޫބަރު 1988ގައި ދިރާގު އުފެދުން އެއީ ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ކުރިއަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށްވެސް އެ ހިތާބުގައި ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ އެގޮތުން ރައީސް ސޯލިހު، ޓެލެކޮމް މިނިސްޓްރީ އުފައްދަވާފައިވަނީ ރައްޔިތުންނަށް މުވާސަލާތީ ހިދުމަތުގެ ދާއިރާއިން ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދިނުމުގެ ގޮތުން ކަމަށްވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މިނިސްޓަރުގެ ހިތާބުގައި ވަނީ ދިރާގަށް 31 އަހަރު ފުރުމާ ގުޅިގެން އެކުންފުނީގެ ވެރިންނާއި، މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކުރައްވައި، ޝުކުރާއި ތަހުނިޔާ ދަންނަވައިފައެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުގައި ހިދުމަތް ކުރެއްވި ހިންގުންތެރި ހީވާގި ވެރީންނާއި މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގެ ތަހުނިޔާއާ ޝުކުރު ދަންނަވަމެވެ. ރާއްޖޭގެ ގައުމީ ތަރައްގީގައި ދިރާގުން ވަނީ ވަރަށް މުހިންމު ހިއްސާއެއް އަދާކޮށްފައިކަން އަޅުގަނޑު ފާހހަގަ ކުރަމެވެ."

މިނިސްޓަރު މަލީހުގެ ހިތާބުގައި ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement