ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

25 Oct 2018 | 16:56

މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް މި 14 އަތޮޅަށް ނެރުނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އަށެވެ.

އެއިދާރާއިން މައުލޫމަތު ދޭގޮތުގައި އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ހަމައެހެންމެ މެދުތެރެއާއި ދެކުނު އަތޮޅުތަަށް ހުުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 17 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ކެރިގަނޑުގައި ގަދަވާނެ ކަމަށް މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް