ޕީޕީއެމްގެ ފަރާތުން ހުށައެޅި އެންޓި ޑިފެކްޝަން ގާނޫނު، އުވާލަން އެދުނީވެސް ޕީޕީއެމް އިން

27 Oct 2018 | 13:41

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ނައިބުލީޑަރު އަދި ވިލުފުށީ ދާއިރާ މެންބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށައަޅަމުން ރިޔާޒު ވިދާޅުވީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އެ ބިލް އުވާލަން ހުށައެޅީ ކަމަށެވެ.

މިގާނޫނު ގައި ވާގޮތުގެ މަތިން މެންްބަރަކު އިންތިހާބްވިއިރު ހުރި ޕާޓީ އިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީ އަކަށް ބަދަލުވެއްޖެނަމަ ނުވަތަ އެ މެންބަރެއް ތަމްސީލު ކުރަމުންދާ ދާއިރާގެ ގޮނޑި ގެއްލޭނެކަމަށެވެ.

ސުޕްރީމް ކޯޓުންވަނީ މިމައްސަލަ ބެލުމަށް ފަހު 13 ޖުލައި 2017 ގައި މި ގާނޫނުގައި ވާގޮތައް ކަންކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކޮށްފައެވެ.

ރިޔާސީ އިންތިހާބުން ޕީޕީއެމް އިން ބަލިވުމަށްފަހު ބޭއްވުނު ކައުންސިލް ބައްދަލުވުމެއްގައި ރިޔާޒު ރަޝީދު ވަނީ އެންޓި ޑިފެކްޝަން ބިލަށް ފާޑުވިދާޅުވެ ރައީސް ޔާމީނަށް ބަހުގެ ހަމަލާއެއް ދީފައެވެ.

ރިޔާސީ އިންތިހާބްގެ ނަތީޖާ އަށްފަހު ޕީޕީއެމްގެ އަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބުން ރިޔާޒުގެ ރާގު ކުއްލި ގޮތަކަށް ބަދަލުވެފައިވާ ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް