Advertisement

މިޔަންމާގައި އަދިވެސް ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ދަނީ ހިންގަމުން

25 Oct 2018 | 20:21

މިޔަންމާގެ ބައިމަދު ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ ރަކާންގައި 2017 ވަނަ އަހަރުގެ އޯގަސްޓް މަހު ހިންގާފައިވާ ޖަރީމާތައް ތަޙުޤީޤުކުރި އދގެ ކޮމިޓީއަކުން، އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ.

މިޔަންމާގައި އަދިވެސް ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިނގަމުންދާކަމަށާއި މިއީ ވަކި ނަސްލެއް ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލެއްކަމުގައި އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދގެ ކޮމިޓީގެ އިސްވެރިޔާ މަރްކޫޒީ ދަރުސްމަން ވަނީ ވިދާޅުވެފައެވެ.

ދަރުސްމަން އިތުރަށް ވިދާޅުވި މިޔަންމާގެ ރަކާންގައި ބާކީ ތިބި ރޮހިންޔާ މުސްލިމުންވެސް ތިބީ ނުރައްކަލުގެ ތެރޭގައި ކަމަށާއި، އެރަށް ދޫކޮށް ދިޔަ މީހުން ޤައުމަށް އެނބުރާ ދާނެ ކަމާމެދު ސުވާލު އުފެދޭކަމަށާއި އެމީހުންގެ އަމިއްލަ ވަޒަނުގައި ހަމަހަމަކަން ނުލިބޭނަމަ އެ މީހުން އަނބުރާ ދިއުމަށް މަސައްކަތްވެސް ނުކުރާނެކަމަށެވެ.

ދުރުސްމާން ވަނީ، ރަކާންގައި ހިންގާފައިވާ ޖަރީމާތަކުގެ ޝިކާރައަކަށްވީ އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމަށް އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ.

ޗައިނާ އާއި ރަޝިޔާއިން ދަނީ މި ލާއިންސާނީ އަމަލު ހުއްޓުވުމަށް މިހާރުވެސް މަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް