30 ބައުޒަރެއްގެ ހުއްދަ ބާތިލްކޮށްފި

06 Oct 2019 | 12:08

ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެ ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފިއެވެ.

މިކަން ކޮށްފައިވަނީ މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ހިންގި ޕްރޮގްރާމްގެ ދަށުންނެވެ.

މިމަހުގެ 2 ވަނަަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިލަށް މާލެ ސިޓީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ތެޔޮބައުޒަރުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކުރެވިފައިވެއެވެ. މި ބަލާފަސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ވަނީ ކެންސަލްކޮށްފައެވެ.

މީގެ އިތުރުން 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ވަނީ ހުއްދަ ދީފައެވެ.

ތެޔޮ ބައުޒަރުތައް ބަލާ ފާސްކުރުމަށް ހިންގި މި ޕްރޮގްރާމްގައި ފާހަގަ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާންނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވިފައި ވެއެވެ.

Advertisement

ކޮމެންޓް