ޝާހްރުކް އަދި ގައުރީގެ ކައިވެނި އެނިވާސަރީ ފާހަގަކުރީ އިންސްޓާގްރާމްގައި

25 Oct 2018 | 12:13

އާންމުންގެ ތެރޭގައި އެހާ ލޯބިން ނޫޅޭކަމަށް މަޝްހޫރު ޝާހްރުކް އަދި ގައުރީގެ ކައިވެނި އެނިވާސަރީ އިންސްޓާގްރާމްގައި ފާހަގަކޮށްފިއެވެ.

އޮކްޓޫބަރު 25، 1991 ގައި ކައިވެނި ކުރި ޝާހްރުކް އަދި ގައުރީއަކީ އެއްވެސް އިރެއްގައި ދެމީހުންގެ އެކުގައި ނަގާފައި ހުންނަ ފޮޓޯ މާ ގިނައެއްކޮށް ޝޯޝަލް މީޑިއާގައި ހިއްސާކޮށް، އިވެންޓްތަކުގައިވެސް މާ ލޯބިން ގަޔާވެގެން އުޅޭ ދެމީހުނެއް ނޫނެވެ.

ނަމަވެސް ބޮލީވުޑްގެ ފަސްޓް ކަޕަލްގެ ގޮތުގައި މަޝްހޫރު މި ދެތަރިން ވަނީ ދެމީހުންގެ ކައިވެންޏަށް 27 އަހަރު ފުރުމާއި ދިމާކޮށް އިންސްޓާގްރާމްގައި އެކަކު އަނެކަކާއި ފުރަތަމަ ފަހަރަށް މުއާމަލާތްކޮށްފައެވެ.

އެގޮތުން ގައުރީ އިންޓީރިއާ ޑިޒައިން ހަދާފައިވާ ތަނެއްގެ ޕޮޓޯއަކަށް ޝާހްރުކްވަނީ އޭނާގެ އޮފީސް ޑިޒައިންކޮށްދޭނީ ކޮން އިރަކުންތޯ ސުވާލުކޮށް ކޮމެންޓްކޮށްފައެވެ. އަދި ޖަވާބުގައި ގައުރީ ބުނެފައިވަނީ އޭނާއަށް ހުސް ވަގުތު ލިބުމުން އެކަމާއި އުޅޭނެ ކަމަށެވެ.

ޝަހްރުކް ވަނީ ދާދި ފަހުން އޭނާގެ އާއިލާ ގޮވައިގެން ސްޕެއިންގައި ޗުއްޓީ ހޭދަކޮށްފައެވެ. އާއިލާ އެއްކޮށް ވަގުތު ހޭދަކުރި ގޮތުގެ ފޮޓޯތައް އިންސްޓާގްރާމުގައި ޝާހްރުކް ހިއްސާކުރި އިރު އޭގެ ތެރޭގައި އޭނާއާއި ގައުރީގެ ފުރަތަމަ ސެލްފީވެސް ހިމެނެއެވެ. 

އެ ސެލްފީ އިންސްޓާގްރާމްގައި ޕޯސްޓްކުރަމުން ޝާހްރުކް ބުނެފައިވަނީ އަހަރުތަކަކަށް ފަހު އޭނާގެ އަންހެނުން ހުއްދަ ދިނީމަ ސެލްފީއެއް ޕޯސްޓްކުރީ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement