އެސްއޭޕީ: ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ އަމާޒެއް!

06 Oct 2019 | 15:39

މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން އާންމުކުރި ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާގައި ފެރީގެ ނިޒާމުން ދިވެހިރާއްޖެ ގުޅުވާލުމުގެ ކަންކަން ހިމަނައިފިއެވެ.

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާހުކޮށްދެއްވި މިޕްލޭންގައިވާ ގޮތުގައި އާންމު ދަތުރުފަތުރުކުރުމުގެ ނިޒާމަށް ކުރަންޖެހޭ ބޮޑު ޚަރަދުތަކުގެ ސަބަބުން އެ ނިޒާމު އޮތީ ބަލިކަށިވެފައެވެ. އެމްޓީސީސީން ރަށްތަކުގެ މެދުގައި ފެރީގެ ޚިދުމަތް ފޯރުކޮށްދިން ކަމުގައިިިވިޔަސް، އެކަން ކުރަމުންދަނީ ގެއްލުމުގައިކަން ވަނީ ފާހަގަކޮށްފައެވެ.

އަދި މިދާާއިރާއަށް އަމިއްލަ ވިޔަފާރިތަކުން ނުވަންނަނީ ތެލުގެ ޚަރަދު ބޮޑުވެ، ފަސިންޖަރުންގެ އަދަދު މަދުވުމުންކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ނޭޝަނަލް ސްޕޭޝިއަލް ޕްލޭންއާއި ގުޅޭނެ ފަދަ ގޮތަކަށް މިހާރު އޮތް ފެރީގެ ގަވާއިދުތައް މުރާޖައާކޮށް ބަދަލުކުރާނެެއެވެ. އަދި ހުރިހާ ރަށެއްގައިވެސްެ ފެރީ ޓާމިނަލްތައް އެޅުމަށް ބިންދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. ނޭޝަނަލް ސްޕޭޝިއަލް ޕްލޭނާއި ގުޅިގެން އަތޮޅު ފެރީގެ ނިޒާމުވެސް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. މިކަންކަމުގައި ބައިވެެރިވުމަށް އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށްވެސް ވަނީ ހިމަނާފައެވެ.

މިފެރީތަކުގެ ޝެޑިއުލް ބަލާލުމަށްޓަކައި ނިޔަމި ނަމުގައި ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްލޭންގައި ވަނީ މިވަގުތު ހުރި ފެރީ ޓާމިނަލްތައް ބަަލައި، ގިނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެގޮތަށް ބައްޓަންކުރުމަށްވެސް އަމާޒުހިފާފައެވެ. އެގޮތުން ކުޑަކުދިންނާއި، ދުވަސްވީ މީހުންނާާއި، މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އުމުރުން ދުވަސްވީ މީހުން ވަނީ ހިމަނާފައެވެ.

Advertisement

ކޮމެންޓް