Advertisement

އެމްޑީއެންގެ ރިޕޯޓްގައި ނުރަނގަޅު ކަންކަން އެބަހުރި: ރައީސް ނަޝީދު

06 Oct 2019 | 13:29

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި ނުރަނގަޅު ކަންތައްތަކެއް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެ ރިޕޯޓުގެ މައްސަލައިގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީއެންގެ ރިޕޯޓް ވިދާޅުވެފައިވާ ކަމަށާއި އޭގައި ނުރަނގަޅު ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރައްވާކަމަށެވެ. އަދި އެއިން އެއްކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާއި ބެހޭގޮތުން އެކަށީގެންނުވާ ބަސްތަކެއް ގެނެވިފައިވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއީ މުސްލިމުން ކޮށްގެން ވާނެކަމެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސްކުރައްވާ ނުކުތާތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް