ަސައިކަލުގެ މަތީގައި އިން ބިދޭސީ މީހާ ހޯދަނީ

07 Oct 2019 | 15:13

ސައިކަލެއްގެ މަތީގައި އިންދާ ފެންޖެހި މައްސަލައާއި ގުޅިގެން، އެ ސައިކަލުގެ މަތީގައި އިން ބިދޭސީ މީހާ ހޯދަން ފަށައިފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސައިކަލެއް މަތީގައި އިން މީހެއްގެ ގަޔަށް ފެން ޖެހި މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އަނިޔާ ލިބުނު މީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އެހެންކަމުން އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިޔޯއަކުން ފެންނަގޮތުގައި ބިދޭސީއަކު ސައިކަލެއްގެ މަތީގައި އިށީނދެގެން އިންދައި، އޭނާގެ ގަޔަށް ފެންބާލިދީއެއް އުކުމަށްފަހު އެ ސައިކަލުން އެ ބޭރުމީހާ ތެދުކުރުވައެވެ.

އެ ބިދޭސީމީހާ ތެދުވުމުން އެ މީހާ އެ ސައިކަލު ސާފުކުރަން ފަށައެވެ. މި ވީޑިޔޯ ރެކޯޑްކޮށްފައިވަނީ އެ ބިދޭސީ މީހާގެ ގަޔަށް ފެންޖަހަން އުޅޭކަން އެނގިގެންކަމަށް ބެލެވެއެވެ.

މި ވީޑިޔޯއާއި ގުޅިގެން ގިނަބަޔަކު ދަނީ ފެންޖެހި ފިރިހެންމީހާގެ އަމަލު ކުށްވެރިކުރަމުންނެވެ.

Advertisement

ކޮމެންޓް