އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ބިރެއް ނެތި ފިޔަވަޅު އަޅާނަން- ސީޕީ މުހައްމަދު ހަމީދު

07 Oct 2019 | 21:44

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ރިޕޯޓުގެ މައްސަލައިގައި އެއްވެސް ބިރެއް ނެތި އަޅަން ޖެހުނު ކޮންމެ ފިޔަަވަޅެއް ފުލުހުން އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށްފަހު ނެރުނު ރިޕޯޓުގެ މައްސަލަ ހޫނުވެފައިވަނިކޮށް އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު ސީޕީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ބަލލަމުން އަންނަ ކަމަށެެވެ.

"ގާނޫނުން ފުލުހުންނަށް މަތި ކުރާ ޒިންމާތައް، އެއްވެސް ބިރެއްނެތި، އަދި ވަކި ބަޔަކަށް ވީތީ ތަފށާތު ކުރުމެއް ނެތި އަދާ ކުރާނޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން" ސީޕީ ވިދާޅުވިއެެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުުލުހުން ބަަލަން ފެށީ އިސްލާމިކް މިނިސްޓްރީން އެދިގެން ކަަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ބަޔާނެއް ނެރުއްވައި، އެ ރިޕޯޓު ބަލައި ނުގަނެވޭ ކަމަށް ވިދާޅޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement