Advertisement

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ 2016ވަނަ އަހަރުވެސް ހުށައެޅި: އިސްލާމިކް މިިނިސްޓްރީ

07 Oct 2019 | 18:47

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ނެރުނު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގެ މައްސަލަ 2016ވަނަ އަހަރުގެ ތެރޭގައި އޭރުގެ އިސްލާމިކް މިނިސްޓްރީއަށް ހުށައެޅުނުކަމަށް ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ރިޕޯޓުގެ މައްސަލައާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ އިސްލާމީ ޖަމްއިއްޔާއަކުން މި ރިޕޯޓުގެ މައްސަލަ 2016ވަނަ އަހަރުގެ ތެރޭގައި އޭރުގެ އިސްލާމިކް މިނިސްޓްރީއަށް ހުށައެޅިގެން އެނގިފައިވާކަމަށެވެ.

އިލްޔާސް ޖަމާލް އިތުރަށް ވިދާޅުވީ މި ރިޕޯޓް އެންމެ ފުރަތަމަ ތައްޔާރުކޮށްފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް މިރިޕޯޓް މުރާޖައާކޮށް އާ ބައިތަކެއް އިތުރުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި އެމްޑީއެންއިން މި ރިޕޯޓުގެ ދިރާސާގެ މަސައްކަތްކޮށްފައިވަނީ ބޭރު ގައުމެއްގެ ފަންޑެއްގެ އެހީގައެވެ. އަދި އެމްޑީއެންގައި މަސައްކަތްކުރާ ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވޭ މި ނެޓުވޯކު ތެރޭގައި އުޅެފައިވާ ބައެއް ކުދިންނަށް އަށާރަ ހާހުން، ވިހި ހާހުން މުސާރަ ލިބިފައިވާ ކަމަށް." އެބޭފުޅާ ވިދާޅުވިއެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް