Advertisement

ވޭނެއް ކޮންޓްރޯލްނުވެ ކަރަންޓް ފޮއްޓަކަށް އަރައިފި

08 Oct 2019 | 00:25

މަގުމަތިން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެންގޮސް ކަރަންޓް ފޮއްޓަކަށް އަރައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ހަނދުވަރީ ހިނގުމުގެ އެއް ނަންބަރު ގޯޅީގައެވެ.

އެ ސަރަހައްދުގައި ހުރި ވޮއިސްގެ ނޫސްވެރިއަކު ބުނީ އެ ވޭން ކޮންޓްރޯލް ނުވެގެންގޮސް ގޮސް ޖެހުނު ވަގުތުގައި، ކަރަންޓް ބޯޑުން އަލިފާން ކަނިތައް ބުރައިގެން ދިޔަކަމަށް އެނގިފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގަައި ޕާކްކޮށްފައި ހުރި ދެ ސައިކަލަކާއި ތިން ބައިސްކަލަކަށް ގެއްލުންތަކެއް ލިބުނުކަމަށެވެ. މި ވޭން ދުއްވަން އިނީ ލައިސަންސެއް ނެތް ގަވާއިދާއި ޚިލާފަށް އުޅެމުންދިޔަ ބިދޭސީއެއްކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގުމާއި އެކު، އެމީހާ ފިލައިގެން ދާން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހިފަހައްޓައި ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް