Advertisement

ހަތެއް ފެބްރުއަރީގެ މައްސަލަ މަޖިލީހުން ބަލަނީ

08 Oct 2019 | 12:52

2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީންނެވެ. އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ އާންމުންގެ ފަރާތުން ހުށައެޅި ސިޓީއަކާއި ގުޅިގެންނެވެ.

މި ސިޓީ ހުށައެޅީ ކޮން ފަރާތަކުންކަމެއް، ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަތެއް ފެބްރުއަރީގެ ކަންތައްތަކުގައި ރައީސް ނަޝީދާއި ދެކޮޅަށް އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންނަކީ މިހާރު ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކެކެެވެ.

ދާދިފަހުން އޮތް އެމްޑީޕީގެ ޔޫތު ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންކަން ތަހުގީގުކުރެވެން ވާނެކަމަށާއި އެއީ އަމުރަށް ނުކިޔަމަންތެރިވެ މިއުޓިނީކުރުންކަމަށެވެ. އަދި އެއީ ބަޣާވާތެކޭ ނުދަންނަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް