ފޮތް ދަބަސް އަޅައިގެން އުޅުން މަނާކުރުމުން ފޮތްތައް އުފުލީ މައިކްރޯވޭވްއަކަށް ލައިގެން
ދެގަޑިދޭތެރޭ ފޮތް ދަބަސް އަޅައިގެން އުޅުން ދަރިވަރުންނަށް މަނާކުރުމުން ދަރިވަރަކު ފޮތްތައް މައިކްރޯވޭވްއަކަށް ލައިގެން ކުލާސްތަކައް ހާޒިރުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ސްކޫލެއްކަމަށްވާ ސްޕޯލްޑިންގ ގްރެމާ ސްކޫލުން ދަރިވަރުން ދެގަޑިދޭތެރޭ ފޮތް ދަބަސް އަޅައިގެން އުޅުން މަނާކޮށްފައިވަނީ ކުދިންގެ އުނަގަނޑަށާއި ބުރަކަށްޓަށް އެކިޒާތުގެ އަނިޔާވާތީކަމަށް ބުނެއެވެ.
ނަމަވެސް 17 އަހަރުގެ ޖޭކޮބްގެ ވިސްނުން އެއާ ހިލާފެވެ. ސްކޫލްގެ މި ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން އެނާގެ ފޮތްތައް ހިފައިގެން އުޅުނީ މައިކްރޯވޭވް އަކަށާއި ބާސްކެޓަކަށް ލައިގެންނެވެ. މީގެ އިތުރުން އެކަމައި ބެހޭ ގޮތުން 3000 ބަހުގެ އެސޭއެއްވެސް އޭނާވަނީ ލިޔެ ސްކޫލަށް ހުށަހަޅާފައެވެ.
މިކަންތައްތަކާއިބެހޭ ގޮތުން ޖޭކޮބް އޭނާގެ މަންމައަށް އެންމެފަހުގެ މައުލޫމާތުދޭން ގެންގުޅުން ފޯނު ސްކޫލުގެ ކަމައިބެހޭ ފަރާތްތަކާއި ހަވާލުނުކުރުމުގެ ސަބަބުން އޭނާ ވަނީ ދެ ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
މިކަމައިބެހޭ ގޮތުން ޖޭކޮބްގެ މަންމަ ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށާއި އޭނާގެ ދަރިފުޅުގެ އަމަލުތަކައި ދޭތެރޭ އޭނާ ފަހުރުވެރިވާކަމަށެވެ.
މި ގަވައިދާ ދެކޮޅު ހެދުމުގެ ގޮތުން އެ ސްކޫލްގެ ދަރިވަރުންވަނީ އޮންލައިން ޕެޓިޝަނެއް ފައްޓާ 400 އަށް ވުރެ ގިނަ ސޮއެވެސް ހޯދާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists