Advertisement

ފުލުހުންގެ ތަހުގީގަށް އެބަ އެއްބާރުލުން ދެން: ޝަހިންދާ

09 Oct 2019 | 12:49

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާކަމަށް އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ބުނެފިއެވެ.

ޓްވިޓަރ މެދުވެރިކޮށް އޭނާ ބުނީ އޭނާ ނުވަތަ އޭނާގެ ޖަމްއިއްޔާއިން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ކަމުގައިވާނަަމަ އެ މައްސަލަ ތަހުގީގުކުރަން ޖެހޭނެކަމަށެވެ. އަދި އެ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުގެ ކުރިން ބަޔަކު ވަނީ މުޖްތަމައުގެ ތެރޭގައި ނަފުރަތު އުފައްދައި، އެތައް ބަޔަކަށް މަރުގެ އިންޒާރުތައް ދީ، ދޮގު މައުލޫމާތު ފަތުރާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފައި ކަމަށެވެ.

އަދި އެމައްސަލަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ކުއްލިއަކަށް ޕޮލިސް ކޮމިޝަނަރ، މުހައްމަދު ހަމީދު އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވުމަކީ އިންޒާރުދިނުމަށްފަހު މީހުން މަރައި އަދި ވަގަށް ނަގާފައިވާ ފަރާތްތަކަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ޝަހިންދާ ސިފަކުރިއެވެ.

ޝަހިންދާ ވަނީ ފުލުހުންގެ ވާޖިބު ވީ އެންމެ އިންސާފުވެރިކޮށް އަދާކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ޝަހިންދާ ބުނެފައި ވަނީ ގާނޫނުގެ ކުރިމަތީގައި އެންމެނަކީވެސް ހަމަހަމަ ބައެއް ކަަމަށް ބުނާކަމަށެވެ. 

Advertisement

ކޮމެންޓް