Advertisement

ޢަރަބި ބަހުގެ ދާއިރާއިން މާސްޓާސް ލެވެލްގެ 2 ކޯހެއް އައި.ޔޫ.އެމްއިން ޖެނުއަރީގައި ފަށަނީ

26 Oct 2018 | 11:10

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްއިން އަންނަ ޖެނުއަރީމަހުގައި ޢަރަބި ބަހުގެ ދާއިރާއިން މާސްޓާސް ލެވެލްގެ ދެ ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޒާ އައިޝަތު ޚަލީލާ ޢަބްދުލްސައްތާރު ވިދާޅުވިއެވެ.

އެ ޔުނިވާރސިޓީއިން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޚަލީލާ ވިދާޅުވީ އެ ޔުނިވަރސިޓީގެ ކިޔެވުން ފުޅާކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެ ޔުނުވަރސިޓީގެ އަމާޒަކީ ފެންވަރު ރަނގަޅު ކޯސްތަކެއް ފަރުމާކޮށް ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޯށްދިނުންކަމަށެވެ.

މީގެއިތުރުން ފެށުމަށް ހަަމަޖެހިފައިވާ ދެ މާސްޓާސް ލެވެލް ކޯސްގެވެސްް މުޤައްރަރު ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ކަމަށް ޚަލީލާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ 2019 ޖެނުއަރީ އިންޓޭކްގެ ފެށުމަށް ހަމަޖެހިފައިވާ 54 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އިސްލާމިކް ޔުނިވާސިޓީން މިހާރުވެސް އެޑިއުކޭޝަން، ޝަރީޢާ އެންޑް ލޯ، ފިޤްހު، އިސްލާމިކް ފައިނޭންސްފަދަ ދާއިރާތައްކުންޖުމްލަ 56 ޕްރޮގްރާމެއް ކުރިއަށްގެންދާއިރު ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ، މާސްޓަރސްއާއި ބެޗްލާރސް ޑިގްރީ ފެންވަރުގެ ކޯސްތައް އޭގެތެރޭގައި ހިމެނެއެވެ. 

Advertisement

ކޮމެންޓް