Advertisement

ޝަރުއީ ދާއިރާއަށް އެންމެ ބޮޑަށް އިތުބާރުގެއްލުނު ސަބަބަކީ ސުޕްރީމް ކޯޓު:އޭޖީ ރިޕޯޓް

10 Oct 2019 | 13:33

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް އެންމެ ބޮޑަށް އިތުބާރު ގެއްލުނު ސަބަބަކީ ސުޕްރީމް ކޯޓުކަމަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާއި ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

މިއީ އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާ ތައްޔާރުކުރެއްވި ރިޕޯޓެކެވެ.

މި ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ، އަދި ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައިވާ ގޮތުގައި ޝަރުއީ ދާއިރާއަށް ދިވެހިންގެ އިތުބާރު ގެއްލިފައިވާ އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓެވެ. އަދި އެ ފަރާތްތަކުން ވަނީ ގާނޫނު އަސާސީން ލިބިދޭ ބާރުތައް ފަހަނައަޅައި ގޮސްފައިކަމަށް ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްކަމަށް ސިފަކޮށް، އެފަރާތްތައް ވަކިކުރުމަށް ގޮވާލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގައުމުގައި އުފެދުނު ނުތަނަވަސްކަމުގެ ޒިންމާވެސް އެކޯޓުން ނަގަންޖެހޭނެކަަމަށް ވަނީ ރިޕޯޓުގައި ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement