Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަނީ

10 Oct 2019 | 13:37

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީން ބަަލަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ބާރުގެ ބޭނުންކުރުމަށް ލިބޭ އިހުތިޞާސުގެ ބާރުން އަމަލުކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލަ ބެލުމަށް ނިންމީ އެޓާނީ ޖެނެރަލްގެ އޮފީހުން އައްޔަންކުރި ކޮންސަލްޓަންޓް، ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލާ ތައްޔާރުކުރެއްވި ރިޕޯޓެއްގައި އެހެން އަމަލުކުރިކަމަށް ބުނެފައި ވަނިކޮށެވެ.

މި ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ، އަދި ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައިވާ ގޮތުގައި ޝަރުއީ ދާއިރާއަށް ދިވެހިންގެ އިތުބާރު ގެއްލިފައިވާ އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓެވެ. އަދި އެ ފަރާތްތަކުން ވަނީ ގާނޫނު އަސާސީން ލިބިދޭ ބާރުތައް ފަހަނައަޅައި ގޮސްފައިކަމަށް ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްކަމަށް ސިފަކޮށް، އެފަރާތްތައް ވަކިކުރުމަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް