Advertisement

ޔާމީން ރަޝީދުގެ މައްސަލައިގެ ހެކިވެރިންނަށް ބިރުދައްކަނީ، ހެކިބަސް ދޭން ދެކޮޅުހަދައިފި

10 Oct 2019 | 16:16

2017ވަނަ އަހަރުގައި މަރާލެވުނު މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގައި ހިމެނޭ ހެކިވެރިންނަށް ބިރުދައްކަމުން ގެންދާތީ، ހެކިބަސް ދިނުމަށް ދެކޮޅު ހަދައިފިއެވެ.

މި މައްސަލައިގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ހެކިވެރިންނަށް ބިރުދައްކައި، ޖިސްމާނީ އަނިޔާކޮށްފައިވާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ސިއްރު ދެ ހެކިވެރިންގެ ހެކިބަސް ނެގުން އޮތެވެ. ނަމަވެސް ހާޒިރުވެފައިވަނީ އެންމެ ހެކިވެރިއެއްކަމަށާއި، އޭނާވެސް ހާޒިރުވީ ދައުލަތުން ވަރަށް ބޮޑަށް އެދިގެންކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މި ހެކިވެރިޔާވެސް ވަނީ ޔާމީން ރަޝީދު މަރާލި ރޭ ހިނގައިދިޔަ ކަންތައްތައް ހަނދާނުގައި ނެތްކަމަށްބުނެ، ހެކިބަސް ދިނުމަށް ދެކޮޅުހަދާފައެވެ. މިއާއި އެކު ދައުލަތުން ވަނީ މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިޔާ 4 އާއި ހެކިވެރިޔާ 7 ވެސް ހާޒިރު ނުކުރުމަށް ނިންމާ، އެ މީހުންގެ ނަންތައް އަނބުރާ ގެންގޮސްފައެވެ.

ހެކިވެރިންނަށް ބިރުދައްކާ އަނިޔާކޮށްފައިވާ މައްސަލަ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.

Advertisement

ކޮމެންޓް