ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް

17 Oct 2019 | 09:20

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާާހު ގެނެސް، ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި ބިލްގައިވާ ގޮތުގައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދިވެހިރާއްޖޭގެ އިންތިޚާބީ މަގާމެއްގައި އަންހެނުންނަށް ޚާއްސަ ކުއޯޓާއެއް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މި ބިލްގައި ވަނީ ކައުންސިލްތަކަށް މާލީ މިނިވަންކަން ދިނުމަށް މުހިންމު ކަންތައްތަކެއް ހިމެނުމަށް ނިންމާފައެވެ.

އެގޮތުން ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫއުތައް، އެ ރަށު ނުވަތަ ސިޓީ ކައުންސިލަކުން ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކައުންސިލްތަކުން ވިޔަފާރި ކުންފުނި އުފައްދައި ހިންގޭނެ މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް