Advertisement

"ﷲއާ އެކަނލާނގެ ރަސޫލާއާ ކީރިތި ޤުރުއާނުގެ ދިފާއުުގައި" މިނަމުގައި ހާއްސަ ދަރުސްއެއް މިއަދު

11 Oct 2019 | 13:14

"ﷲއާއި އެ އިލާހުގެ ރަސޫލާއާއި ކީރިތި ޤުރުއާނުގެ ދިފާއުގައި" މި ނަމުގައި ބާއްވާ ދަރުސްއެއް މިއަދު ވިޔަފާރިވެރިންގެ މިސްކިތުގައި އޮންނާނެއެވެ.

އަސުރު ނަމާދަށްފަހުގައި އޮންނަ އެ ދަރުސްގައި ނަސޭހަތް ދެއްވާނީ ޝެއިހު އާދަމް ނިޝާން ބިން އަލީ އާދަމްއެވެ. މި ދަރުސް އަޑުއެހުމުގެ ފުރުސަތު އަންހެން ބޭފުޅުންނަށްވެސް އޮތީ ހުޅުވައިލައިފައެވެ.

"ﷲއާއި އެ އިލާހުގެ ރަސޫލާއާއި ކީރިތި ޤުރުއާނުގެ ދިފާއުގައި" މިނަމުގައި މިއަދު ދަރުހެއްދޭން ނިންމައިފައިވާއިރު، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ކީރިތި ޤުރުއާނާ، ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލައިގައި އެތައް ބަޔަކު އަންނަނީ ކަންބޮވުންފާޅުކޮށް އެޖަމިއްޔާ ބަންދު ކުރުމަށް ގޮވައިލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement