ޑރ.އިޔާޒުު ޝަހިންދާއަށް: ތައުބާވެ، އިސްލާހުގެ މަގަށް ރުޖޫއަ ވެލައްވާ!

11 Oct 2019 | 10:01

ތައުބާވެ، އިސްލާހުގެ މަގަށް ރުޖޫއަވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)ގެ އެގްޒެކެޓިކް ޑައިރެކްޓަރު ޝަހިންދާ އިސްމާއީލްއަށް ގޮވާލައިފިއެވެ.

އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑު ކުރުމާއި ގުޅިގެން ސަރުކާރަށާއިި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އިންޒާރުދީ، ޝަހިންދާ ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުން ޑރ.އިޔާޒު ވަނީ އޭނާއަށް ނަސޭހަތް ދެއްވާފައެވެ. ޑރ.އިޔާޒު ވިދާޅުވީ ޔޫޕީއާރްއަށް ޖަވާބު ދެވިދާނެ ކަމަށެވެ. އަދިި ގިޔާމަތް ދުވަހުން ﷲގެ ހަޒްރަތުގައި ޖަވާބު ދޭނީ ކިހިނެއްތޯ އިޔާޒު ސުވާލު އުފެއްދެވިއެވެ.

"ކަމަނާވެސް ތައުބާވެ، އިސްލާހުގެ މަގަށް ރުޖޫއަވެލައްވާ. އިންޝާﷲ އަޅުގަނޑުމެންގެ އެހީތެރިކަން 24 ގަޑިއިރު ލިބޭނެ." ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ހިމެނޭ ގޮތަށް މުޅި ސަރުކާރަށް ޝަހިންދާ އިންޒާރުދީފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޝަހިންދާ ވިދާޅުވީ އެމްޑީއެން ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލްއަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement