Advertisement

އެމްޑީއެންގެ ހަރަކާތްތައް ހުއްޓުވާލުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް ބުނެފި

12 Oct 2019 | 18:29

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓާލުމަށް އެންގުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

އެ ޖަމިއްޔާާއިން މިހެން ބުނެފައިވަނީ އެމްޑީއެން ބަންދުކުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާާނެއްގައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އޭޝިޔާ އެސޯސިއޭޓް ޑިރެކްޓަރ ޕެޓްރީޝިޔާ ގޮސްމަން ބުނީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގާނޫނުތައް އުވާލުމުގެ ވައުދު ފުއްދެވި ކަމަށާއި ނަމަވެސް އެމްޑީއެންއާއި ދެކޮޅަށް އަނެއްކާވެސް ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅޭ އުކުޅުތައް ބޭނުންކުރެއްވި ކަމަށެވެ.

އަދި އެމްޑީއެން ހުއްޓުވާލުމަށްފަހު ރައީސް ޞާލިހު ދަނީ "އިސްލާމިސްޓް ގްރޫޕް"ތަކުން ފަތުރަމުންދާ ޚިޔާލުތަކަށް ބޯލަންބަވާާފައިކަމަށް އޭނާ ބުންޏެވެ.

މި ބަޔާނުގައިވާ ގޮތުގައި އެމްޑީއެންއިން އިސްލާމިސްޓް ގްރޫޕްތަކުގެ އަމަލުތަކާއި ދެކޮޅު ހެދުމުގެ ސަބަބުން ވަރަށް ކުރީންސުރެ، އެމްޑީއެންއަށް ދަނީ އިންޒާރުތަކާއި ހަމަލާތައް ލިބެމުންނެވެ. އަދި މިފަހުން އެ ޖަމިއްޔާއާއި ދެކޮޅަށް ފަށައިގެން އުޅޭ ކެމްޕޭނަކީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ކުރާ ކަމެއްކަމަށް ބުންޏެވެ.

Advertisement

ކޮމެންޓް