ފޯނު ވޯލްޕޭޕަރުން ތިމާއާއި ބެހޭ ގޮތުން ދޭހަވާ ކަންތައްތައް

26 Oct 2018 | 18:07

ޒަމާނަށްއައި ކުރިއެރުންތަކާއެކު ފޯނުވެފައިވަނީ އަހަރުމެންނަށް އެއާއި ނުލާ ދިރިނޫޅެވޭ ވަރުގެ އެއްޗަކަށެވެ. މިހާރު ފޯނަކުން ނުކުރެވޭކަމެއް މަދުވާނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިފަހަރު މިއުޅެނީ ޓެކްނޮލޮޖީގެ ވާހަކައެއް ދައްކާކަށް ނޫނެވެ. ސައިކޮލޮޖީ އަދި ކަމާއިބެހޭ އެހެނިހެން ފަރާތްތަކުން މީހުން ފޯނުގެ ވޯލްޕޭޕަރަށް ސެޓްކޮށްފަ އިންނަ ފޮޓޯއާއި ބެހޭގޮތުން ހަދާފައިވާ ދިރާސާއަކާ ބެހޭ ގޮތުންނެވެ.

ފޯނުގެ ވޯލްޕޭޕަރުން ތިމާއާއި ބެހޭ ގޮތުން މި ދިރާސާ މެދުވެރިކޮށް ދޭހަވާ ކަންތައްތައް ބަލާލަމާ ހެއްޔެވެ.

ސެލްފީ

އާންމުގޮތެއްގައި ފޯނުގެ ވޯލްޕޭޕަރު ނުވަތަ ބެކްގްރައުންޑް ފޮޓޯއަށް ސެލްފީއެއް ލައިގެން އުޅޭނީ އެހެން މީހުންނާއި ކަންކަމަށްވުރެ އަމިއްލަ ނަފްސުދެކެ ލޯބިވާ މީހާއާއި ތިމާއަށް ތިމާފެނިފަ ހުންނަ މީހުންނެވެ.

އިނދެގެން އުޅޭ މީހާ ނުވަތަ ލޯބިވެރިޔާގެ ފޮޓޯ

އިނދެގެން އުޅޭ މީހާ ނުވަތަ ލޯބިވެރިޔާގެ ފޮޓޯ ފޯނުގެ ވޯލްޕޭޕަރުގައި އިނުމުން ދޭހަވަނީ 'ސިގްނިފިކަންޓް އަދާ' ދެކެ ލޯބީވާލެ ބޮޑުކަމާއި ވަފާތެރިކަމެވެ. ސަބަބަކީ އޮފީސް އަދި ރައްޓެހިންކައިރި އުޅޭއިރު ތިމާގެ ފޯނަށް އެހެންމީހުން ބަލާލުމުންވެސް ފެންނަން އޮންނާނެ މަންޒަރަކީ ތިބާގެ ބައިވެރިޔާއާއި ތިބާ ގަޔާވާ މިންވަރެވެ.

ދަރިފުޅު

މިޒަމާނުގައި ދަރިފުޅުގެ ފޮޓޯ ވޮލެޓުގައި ބާއްވައިގެން އުޅެނީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ޒަމާނަށްއައި ބަދަލުތަކާއެކު ވޮލެޓުގައި އޮތް ދަރިފުޅުގެ ފޮޓޯ ބަދަލުވީ ފޯނު ވޯލްޕޭޕަރަށެވެ.

ޕެޓްސް

ގިނަ ފަހަރު ބުޅާ، ދޫނި އަދި މަސްފަދަ ޕެޓްސްގެ ފޮޓޯ ފޯނުގެ ވޯލްޕޭޕަރަށް ލައިގެން އުޅޭނީ އެކަނިވެރި ފަރާތްތަކުންނެވެ. ޖަނަވާރުންގެ ފޮޓޯ ފޯނަށް ލައިގެން އުޅޭމީހުން އެއީ އަމިއްލަ ދުނިޔޭގެ ހިޔާލުތައްކުރުމަށްވެސް ލޯބިކުރާ ފަރާތްތަކެކެވެ.

ފުންމާނަތައް ދޭހަވާ ކޯޓްސް

ފަށުވި ބަސްތަކުން އަމުނާލާފަ ހުންނަ ކޯޓްސް ފޯނުގެ ވޯލްޕޭޕަރަށް ލައިގެން އުޅެނީ ތިމާއަކީ ވަރަށް ސްމާޓްކަމަށް ދެއްކެން އުޅޭ މީހުންނެވެ. ނަމަވެސް ހަގީގަތަކީ ހަޔާތުގައި ކުރިއަށްދާނެ ކޮޅެއްގެ މިސްރާބެއް ގިނަފަހަރު މިފަދަތަ ފަރާތްތަކުގެ ނޯންނަކަމެވެ.

ތިމާގެ އައިޑޮލް

މަޝްހޫރު ކުޅިވަރުކުޅޭ މީހުންނާއި، ފިލްމީތަރިން އަދި އެހެނިހެންވެސް މަގްބޫލު ފަރާތްތަކުގެ ފޮޓޯ ވޯލްޕޭޕަރަށް ލައިގެން އުޅެނީ ދުވަހުގެ ގިނަ ވަގުތުތަކެއް އެފަރާތްކާމެދު ވިސްނާ މީހުންނެވެ. މިފަދަ މީހުންގެ ހަޔާތުގައި ދިމާވާ ގިނަ ކަންތައްތައް ގުޅުވާނީވެސް އައިޑޮލްއަކަށް ހަދައިގެން އުޅޭ މީހުންނާނެވެ.

ގެނެރިކް ފޮޓޯ

އެޕްލިކޭޝަންތަކުން ޑައުންލޯޑްކޮށްގެން ފޯނުގެ ވޯލްޕޭޕަރު ސެޓްކޮށްގެން އުޅޭނީ ވަރަށް ބިޒީ މީހުންނެވެ. ނޫނީ އެ ސެޓިން ބަދަލުކުރަން ނޭނގޭ ފަރާތްތަކުންނެވެ. 

Advertisement

ކޮމެންޓް