25 އެންބިއުލާންސް އަތޮޅުތެރެއަށް ފޮނުވާލައިފި

12 Oct 2019 | 20:41

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަތޮޅު ތެރޭގެ ރަށްރަށަށް 25 އެންބިއުލާންސް ފޮނުވާލައިފިއެވެ.

މި އެންބިއުލާންސްތައް އަތޮޅުތެރެއަށް ފޮނުވާލާފައިވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަަސްމިއްޔާތުގައި ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިނޯ ޔަނާއީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި އެކަމަނާގެ އަރިހުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަދި ހެލްތް މިނިސްޓްރީގެ އިސްވެރިން ބައިވެެރިވެ ވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު އަތޮޅުތެެރެއަށް ފޮނުވާލެވުނު އެންބިއުލާންސްތަކުގެ ތެރެއިން 21 ޕެރެމެޑިކް އެންބިއުލާންސްތަކަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ މިއީ މި ސަރުކާރުން ސިއްޚީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެޅުނު އެންމެ ބޮޑު ފިޔަވަޅުކަމަށެވެ. އަދި މިއަދު ފޮނުވާލެވުނު އެންބިއުލާންސްތަކުގެ އިތުރުން 26އެންބިއުލާންސެއް ވަރަށް އަވަހަށް އަތޮޅު ތެރެއަށް ފޮނުވާލެވޭނެކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement