Advertisement

ހަނގުރާމައިގެ މައިދާނަކަށް ރާއްޖެ ބަދަލުވެދާނެ: ރައީސް ނަޝީދު

13 Oct 2019 | 12:37

ދާޚިލީ ހަނގުރާމައެއްެގެ މައިދާނަކަށް ދިވެހިރާއްޖެ ބަދަލުވެދާާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ ރޭ އޮތް އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިނާމު ދިނުމުގެ ހަފްލާ ޝަަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ޚިޔާލުތަފާތުވުންތަކަކީ ހިނގާނެކަމެއް ކަމަށާއި ނަމަވެސް އެ ޚިޔާލު ތަފާާތުވުންތަކާއި އެކުގައިވެސް މީހުންނާއި އެކު އުޅެވެންވާނެކަމަށެވެ. އަދި އެގޮތަށް ނޫޅެވި، ހަމަނުޖެހުމާއި ހިސާބަށް ދިޔުމަކީ ބޭނުންވާނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާާނު ވިދާޅުވީ ޓީވީން ތާ އަބަދު ހަނގުރާމައިގެ މައިދާންތަކާއި މަންޒަރުތައް ފެންނާާނެކަަމަށާއި، އެފަދަ މަންޒަރެއް ދިވެހިރާއްޖެއިން ނުފެންނާނެކަމަށް ހިތަށް އަރުވައިގެން ނުވާނެކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު ދަންނަވާނީ ހިތައް ނާރުވައްޗޭ އެމަންޒަރު މި މާލެއިން ނުފެނިދާނެކަމަކަށް. ވަރަށް ބުއްދިވެރިކަމާއެކީގައި، ވަރަށް ވިސްނުންތެރިކަމާއެކީގައި އަޅުގަނޑުމެންގެ ކަންކަން ނުގެންގޮސްފިނަމަ އަޅުގަނޑަށް ފެންނަ ފެނުމުގައި މި ހަރާބުގެ އައްސޭރިއަށް ތިބޭފުޅުންގެ ޖީލުން، ތިކުދިންގެ ޖީލުން ގޮސްދާނެ"، ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވަނީ ދިވެހިން މިއަދު މިތިބީ ހަތަރު އަނގޮޅި ކަންމައްޗެއްގައިކަމަށް ވިދާޅުވެ، ދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަކީ ވެރިންގެ ވާޖިބެއްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement