ރަހުނުގެ ގޮތުގައި ހުުޅުމާލެގައިވާ ފަސް ބިން ވިއްކާލުމަށް އިއުލާންކޮށްފި

13 Oct 2019 | 21:36

ލޯނެއް ނުދައްކައިގެން، އެ ލޯނުގެ ރަހުނުގެ ގޮތުގައި ހަމަޖައްސާފައިވާ ހުޅުމާލޭގެ ފަސް ބިމެއް ވިއްކާލުމަށް އިއުލާންކޮށްފިއެވެ.

މޮރިޝަސް ކޮމާޝަލް ބޭންކުން ވިއްކާލުމަށް އިއުލާާންކޮށްފައިވަނީ ހުޅުމާާލޭގެ ލޮޓް ނަންބަރު 10255 އާއި 10256ގެ އިތުރުން ލޮޓް ނަންބަރު 10257، 10623އަދި 10630 އެވެ.

މިއީ އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑްގެ ލޯނެއްގެ ރަހުނެވެ. މި ލޯނުގެ ގެރެންޓަރުންނަކީ މުހައްމަދު ބާގިރު، ވ.ރާހި އަދި ޒީނިޔާ މުހައްމަދު ޒާހިރު، ހަނދުވަރީގެ/ކ.ކާށިދޫ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަސްބިން ވިއްކާލައިގެން ބާކީ ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެޓޯލް ޕެރަޑައިސް އަދި މުހައްމަދު ބާގިރާއި ޒީނިޔާ މުހައްމަދު އެ ފައިސާ އެމްސީބީ އަށް ދައްކަންޖެހޭނެ ކަމަށް ކޯޓުން ކުރި ހުކުމެއްގައި ވަނީ ބުނެފައެވެ.

އެމްސީބީން ކުރި އިއުލާނެއްގައި މި ފަސް ބިން ގަތުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި ބިޑް ހުށައަޅާ ފަރާތްތަކަށް އެ ފަސް ބިން ހުރިތަން ބެލުމުގެ ފުރުސަތު އޮންނާާނެކަމަށެވެ.

މި ބިންތައް ގަތުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިއިން ކޮންމެ ބިމަކަށްވެސް ބިޑު ހުށަހަޅަންޖެހޭނީ ވަކިވަކިންނެވެ.

Advertisement

ކޮމެންޓް