Advertisement

ލަންކާގެ ބޮޑުވަޒީރުކަމާއި ރާޖަޕަކްސަ ހަވާލުވެއްޖެ

27 Oct 2018 | 13:40

ސްރިލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ސްރިލަންކާގެ ބޮޑުވަޒީރުކަމާއި ހަވާލުވެއްޖެއެވެ. ރާޖަޕަކްސައަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމްސިންހަ އެމަގާމުން ވަކިކުރުމުންނެވެ.

ރާޖަޕަކްސަ ހުވާކުރެއްވުމުގެ ކުރިން ލަންކާގެ ރައީސް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލައިއަންސް (ޔޫޕީއެފްއޭ) އިންވަނީ ރަނިލް ވިކްރަމަސިންހަ ނިސްބަތްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއެކު ސަރުކާރު ހިންގުމަށް ހަދާފައިވާ އެއްބަސްވުންވެސް އުވާލާފައެވެ.

ޔޫޕީއެފްއޭއަށް ނިސްބަތްވާ މިނިސްޓަރަކު މީޑިއާތަކަށް މައުލޫމާތުދިން ގޮތުގައި އެޕާޓީގެ މި ނިންމުން މިހާރުވަނީ ގާނޫނު ހަދާ މަޖިލީހަށްވެސް އަންގާފައެވެ.

ރަނިލް ވިކްރަމްސިންހަ އަދި ޔޫއެންޕީގެ ފަރާތުންވެސް މިކާމާމެދު އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސިޔާސީ މާހިރުން ގަބޫލުކުރާ ގޮތުގައި ޔޫޕީއެފްއޭ އަދި ޔޫއެންޕީގެ މެދުގައި ހެދިފައިވާ އެއްބައިވަންތަ ސަރުކާރުގެ ތެރޭގައި މައްސަލަ ގޯސްވާން ފެށުނީ ރާޖަޕަކްސަގެ ޕާޓީއިން އެގައުމުގައި ބޭއްވި ލޯކަލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދުމުގެ ސަބަބުންނެވެ. 

Advertisement

ކޮމެންޓް