Advertisement

މުއިއްޒު ވިދާޅުވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުނުލެއް ލަސް ކަމަށް!

14 Oct 2019 | 13:08

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކްގެ ހިދުމަތް ފެށިގެން ދިޔައީ އެތައް މަސްތަކެއް ލަހުން ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކާޑިއެކް ސެންޓޓަރުގެ ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ހުރިހާ ނޮން އިންވޭސިވް ކާޑިއެކް ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ. އެގޮތުން، ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިން އެ ސެންޓަރުން ހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕީޕީއެމްގެ ނާއިބު ރައީސްކަންވެސް ކުރައްވަމުން އަންނަ މުއިއްޒު ކުރެއްވި ޓްވީޓެއްގައި އެހިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފެށިގެން ދިޔަ ކަމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

"ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށި ހޮސްޕިޓަލުގައި ސީޓީ ރޫމް، އެމްއާރްއައި ރޫމް، ކާޑިއޯ ޑިޕާޓްމެންޓް( އަދިވެސް އިތުރު ހދުމަތްތައް) ގާއިމު ކުރުމުގެ މަސައްކަތުގެ ބޮޑުގައި އޭރުގެ އެމްއެޗްއައި (މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރކްޗަރ)އާއި ހަވާލުކޮށްގެން އޮތީ ނިމިފައި. ހުޅުވިގެން މިދިޔައީ ސަރުކާރު ބަދަލުވެ، އެތައް މަސްތަކެއްގެ ޑިލޭއަށްފަހު" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މަސައްކަތްވެސް ފެށިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement