ބަދަލުދިނުމުގެ މައްސަލަ އެންމެ ފަހުން އޭސީސީން ބަލަން ފަށައިފި

15 Oct 2019 | 13:14

ކުރީ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތައް އުވާލުމުގެ ބަދަލެއްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ސެޓްލްމެންޓް ނުވަތަ ބަދަލު ފައިސާތައް ދިން މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފިއެވެ.

މި ސަރުކާރުން ވަނީ ކޯޓުގެ ހުކުމްތަކުން ސާބިތުވުމުގެ ސަބަބުންނާއި، ކޯޓުން ބޭރުން ގިނަ ކުންފުނިތަކަކަށް ބަދަލުގެ ގޮތުގައި ގިނައަދަދެއްގެ ފައިސާތަކެއް ދޫކޮށްފައެވެ. މިއީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކަށް ފައިސާދޭން ބޭނުންކުރާ އުކުޅެއްކަމަށްބުނެ، މިކަމަށް ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭސީސީ މެންބަރު އިބްރާހިމް ޝަކީލް ވިދާޅުވީ ދާދިފަހުން ސަރުކާރުން ހަދާފައިވާ ސެޓްެލްމެންޓްތަކުގެ ބޮޑު މައްސަލައެއް އެ ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށެވެ. އަދި މި ސެޓްލްމެންޓްތަކުގެ ތަހުގީގު ކުރިއަށްދާނީ ކޮންމެ މައްސަލައެއް ވަކިވަކިންކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ބަދަލުގެ ފައިސާ ދިނުމަށް އެއް ބިލިޔަނެއްހާ ރުފިޔާ ޚަރަދުވެފައިވާާކަމަށް ހާމަކުރައްވާފައެވެ.

އެބޭފުޅާ ވިދާޅުވީ މިފަދަ މައްސަަލަތަކަށް ސަރުކާރުން ބަދަލުދޭން ޖެހުނީ އޭރުގެ ސަރުކާރުގެ ފަރާތުން ކޮންޓްރެކްޓުތައް ހިންގާފައި ހުރި ދޯދިޔާ ކަމުންކަމަށެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް