Advertisement

އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ޝޯސަލް މީޑިއާގައި ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށް ގޮވާލަން: ފުލުހުން

19 Oct 2019 | 14:20

"އެމް.ޑީ.އެން" ގެ ފަރާތުން ނެރެފައިވާ ރިޕޯރޓަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް މުވައްޒަފުން، ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުޢޫރުތައް ފާޅުކުރަމުންދާ މައްސަލާގައި ދިވެހި ފުލުހުން އެކަން އެގޮތަށް ނުކުރުމަށް ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.

މިހެން ފުލުހުން އިލްތިމާސްކުރައްވާފައިވަނީ ފުލުހުން ނެރެފައިވާ އިންޓާނަލް މެމޯއެއްގައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާގޮތުގައި އެމްޑީއެން ގެ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއްކަމާއި، މިމައްސަލައާ ގުޅޭގޮތުން ނޫސްބަޔާނެއް ވެސް ނެރެފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމަކީ އެކަމުގެ ސަބަބުން މުޢައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރަށް އުނިކަން އަތުވެދާނެފަދަ ޢަމަލަކަށް ވާތީވެ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ މުވައްޒަފުންނަށް ނަސޭޙަތްތެރިވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން ޝޯސަލް މީޑިއާގައި ފުލުހުން އަމިއްލަ ހިޔާލު ފާޅުނުކުރުމަށާއި، މިކަން ފުލުހުން ބަލައި ނުގަންނާނެކަށް އެބަޔާނުގައިވެއެވެ.

ފުލުހުން މިބަޔާން ނެރެފައި މިވަނީ ޕޮލިސް ކޮމިޝަނަރ ހަމީދް އެމްޑީއެމްގެ ބޯޑް މެންބަރުކަން ކުރައްވާފައިވުމާއެކު އެމްޑީއެން މައްސަލަ ބެލުމުގައި ފުލުހުން އެކަށީގެން ވާ މަސައްކަތެއް ނުކުރާކަމަށް ޢާންމުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް