Advertisement

ރާއްޖެއާއި އިންޑިޔާއާއި ދެމެދު ބާއްވާ ފެރީ ދަތުރު ބޭއްވުމާއި މެދު އިމިގްރޭޝަނުން ކަންބޮޑުވޭ!

17 Oct 2019 | 00:52

އިންޑިޔާގެ ކޮޗިންއާއި ހދ.ކުޅުދުއްފުއްޓާއި ދެމެދު ބޭއްވުމަށް ތައްޔާރުވަމުންދާ ކާގޯ ފެރީ، މިހާރު އޮތްގޮތަށް ބޭއްވުމާއި މެދު އިމިގްރޭޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިމިގްރޭޝަންގެ އިސްވެރިންވަނީ ކުޅުދުއްފުށީ ބަނދަރުގެ ވަސީލަތްތައް ތަަރައްގީނުކޮށް، ފެރީގެ ޚިދުމަތް ފެއްޓުމާއި މެދު ވާހަކަދައްކާފައެވެ.

އެގޮތުން ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ މިހާރު އިމިގްރޭޝަންގެ ވަސީލަތްތައް ހުރިގޮތުން ކުޅުދުއްފުށިީ ބަނދަރުގައި ކާގޯފެރީއަށް ޚިދުމަތް ދިނުމަކީ ދަތިކަމެއް ކަމުގައި ސަރުކާރުގެ އިދާރާތަކުގައި ބުނެފައިވާނެކަމަށެވެ. އަދި ކުޅުދުއްފުށީ ބަނދަރުގައި އެ ކެޕޭސިޓީ ނެތްކަމަށާއި، އެފަރާތްތަކަށް ޚިދުމަތް ދެވޭނެވަރުގެ ޓާމިނަލެއް ނެތްކަމަށް އަޝްރަފް ވިދާޅުވިއެވެ.

ނަމަވެސް ކާގޯ ފެރީއަށް ޚިދުމަތްދިނުމަށް ތަފާތު ވިސްނުމެއް ގެންގުޅެމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެއަށް ކޭޓާ ކުރުމުގެ ގޮތުން އެހެން ވިސްނުމެއް ތަފާތު ވިސްނުމެއް އެބަ ގެންގުޅެން. އެއި ފުރާ ބަނދަރުން އިމިގްރޭޝަންގެ ހިދުމަތް އެހެން ގައުމުތަކުގައިވެސް ދޭ އުސޫލުން. އެއީ ކުރޫސްލައިނާ ކަހަލަ އެއްޗިހީގައި އިމިގްރޭޝަން އޮފިސަރުން އާންމުކޮށް އަރާނެ ލާސްޓް ސްޓޮޕުން އަރައި ޑެސްޓިނޭޝަނަށް އައުމުގެ ކުރިން ކްލިއަ ކުރުމުގެ ކަންކަން. އެކަމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން މިހާރު ކުރަމުން މި ދަނީ.“ ޑެޕިއުޓީ ކޮންޓްރޯލަރ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް