ޕްރީއޯޑާ ކުރި އައިފޯންތައް ދިރާގުން ދޫކުރަން ފަށައިފި

18 Oct 2019 | 15:04

އެޕަލްއިން އެންމެ ފަހުން ތައާރަފްކުރި އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ދިރާގުން ވިއްކަން ފަށައިފިއެވެ.

ރެއިން ފެށިގެން ދިރާގުން ދޫކުރަމުންދަނީ ކަސްޓަމަރުންތައް ޕްރީއޯޑާ ކޮށްފައިވާ ފޯންތަކެވެ. މި ފޯނުތަކަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހަފްތާގައެވެ.

އައިފޯނު 11 އަދި 11 ޕްރޯއަށް އެއްއަހަރުގެ އިންސްޓޯލްމެންޓުގައި ނެގޭ އިރު، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހެނީ 2999 ރުފިޔާއެވެ. 64 ޖީބީގެ ފޯނަކަށް މަހަކު 1089 އަދި 128 ޖީބީގެ ފޯނަކަށް މަހަކު ދައްކަންޖެހެނީ 1179 ރުފިޔާއެވެ.

އައިފޯން 11 ޕްރޯގެ 64 ޖީބީގެ ފޯނަކަށް މަހަކު 1659 ރުފިޔާ، 256 ޖީބީގެ ފޯނަށް 1939 މަހަކު ދައްކަންޖެހޭ އިރު، 512 ޖީބީގެ ފޯނަށް ޑައުންޕޭމަންޓުގެ ގޮތުގައި 3999 ރުފިޔާ ދެއްކުމުން މަހަކު ދައްކަންޖެހެނީ 2229 ރުފިޔާއެވެ.

އައިފޯން 11 ޕްރޯ މެކްސްއަށް 3999 ރުފިޔާ ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމުން 64 ޖީބީގެ ފޯނަށް މަހަކު ދައްކަންޖެހެނީ 1769 ރުފިޔާއެވެ. އަދި 256 ޖީބީގެ ފޯނަށް 2059 ރުފިޔާ ދައްކަންޖެހޭ އިރު، 512 ޖީބީއަށް 2429 ދައްކަންޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިރާާގު މެދުވެރިކޮށް މި ފޯނުތައް ގަންނަ ފަރާތްތަކަށް 6 މަސްވަންދެން، ކޮންމެމަހަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

Advertisement

ކޮމެންޓް