ނޮން-އެލައިންޑް މޫވްމެންޓްގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި

20 Oct 2019 | 11:47

ރޫސީވިލާާތާއި އެެމެރިކާއާއި ދެމެދު ކުރެވުނު ފިނި ހަނގުރާމައިގެ ދުވަސްވަރުގައި އެކުލަވާލެވުނު ޖަމާއަތެއްކަމުގައިވާ ނޮން-އެލައިންޑް މޫވްމެންޓްގެ ބައްދަލުުވުމެއްގައި ބައިވެރިވުމަށް ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އަޒަރްބައިޖާނަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި އެބޭފުޅާ ވަޑައިގެންނެވީ އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި ސަރުކާރުތަކުގެ ވެެރިންގެ ސަމިޓްގެ ކުރިން އޮންނަ މިނިސްޓީރިއަލް ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25-26ވަނަ ދުވަހަށެވެ. ސަމިޓަށްފަހު ކުރިއަށް އޮތް ތިން އަހަރަށް ނޮން އެލައިންޑް މޫވްމެންޓްގެ ރިޔާސަތާއި އަޒަރްބައިޖާނުން ހަވާލުވާނެއެވެ.

ނޮން-އެލައިންޑް މޫވްމެންޓްގައި 120 ކުރިއަރަމުން އަންނަ ގައުމުތަކުން ބައިވެރިވާއިރު، މިއީ އދ.ފިޔަވައި ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުން ބައިވެރިވާ ޖަމާއަތެކެެވެ. ދިވެހިރާއްޖެއިން މި ޖަމާއަތާއި ގުޅުނީ ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ދައުރުގައެވެ.

Advertisement

ކޮމެންޓް