ޤާނޫނު އަސާސީގެ ތެރެއިން ކަންކަން ކުރުމަށް އެމެރިކާ އިން ސްރީ ލަންކާ އަށް ގޮވާލައިފި

27 Oct 2018 | 13:38

ސްރީ ލަންކާ އަށް މިހާރު އައިސްފައިވާ ސިޔާސީ ބޮޑު ބަދަލުގެ ތެރޭގައި، އެޤައުމުގެ ޤާނޫނު އަސާސީއާ އެއްގޮތަށް، ހަމަނުޖެހުމަކަށް ފުރުސަތު ނުދީ ކަންތައްތައް ކުރުމަށް ގޮވާލާ އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް އިން ޓްވީޓެއްކޮށްފިއެވެ.

މިޓްވީޓްގައި އިތުރަށް ވިދާޅުވަނީ ޤާނޫނު އަސާސީއަށް ތަބާވެ، ޤާނޫނު އަސާސީއާ އެއްގޮތަށް ކަންތައްތައް ކުރުމަށް އެދޭކަމަށާއި، ޤައުމުގައި ހަމަނުޖެހުން ހިންގަން މަގުފަހިވެދާނެ އެންމެހާ ކަންކަމުން ދުރުވެ، ޑިއު ޕްރޮސެސްގެ ތެރެއިން ކަންތައްތައް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ހަމައެހެންމެ އެމެރިކާއިން ވަނީ ޖެނީވާ މުއާޙަދާއިން ކަށަވަރުކޮށްދޭ އިންސާނީ ޙައްޤުތަކާއި އެނޫންވެސް އިތުރު ޙައްޤުތައް ކަމަށްްވާ ޖަވާބުދާރީ ކުރުވުމާއި ޖަވާބުދާރީވުން އަދި އިންސާފު ހޯދުމުގެ ޙައްޤު ފޯރުކޮށްދޭނެކަމަށް އުންމީދު ކުރާކަމުގައި ޓްވީޓްގައި ވިދާޅުވިވެފަވެއެވެ.

ސްރީ ލަންކާ އަށް ސިޔާސީ ގޮތުން ވަރުގަދަ، ބޮޑު ބަދަލެއް އައިސްފައިވަނީ އެޤައުމުގެ މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރީގެ އެންމެ ބޮޑު ވާދަވެރިއާ އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ ބޮޑުވަޒީރުގެ މަޤާމަށްއައްޔަން ކުރެއްވުމުންނެވެ.

ބޮޑުވަޒީރުގެ މަޤާމުގައި ކުރިން ހުންނެވި ރަނިލް ވިކްރަމަސިންހު، އެމަޤާމު ދުރުކުރެއްވުމަށް ފަހު ސިރިސޭނާގެ ޕާޓީ އާއި ރަނިލްގެ ޕާޓީއާ ދެމެދު ހަދާފައިވާ ކޯލިޝަން ވަނީ ރޫޅާލާފައެވެ. 

ރަނިލް ވިކްރަމަސިންހު ބޮޑުވަޒީރުގެ މަޤާމުން ދުރުކުރުމަށް ފަހު އެ މަޤާމަށްވަނީ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ އައްޔަން ކުރައްވާ މިހާރުވަނީ ރާޖަޕަކްސަގެ ޕާޓީއާއެކު މިހާރުގެ ރައީސް ސިރިސޭނާގެ ޕާޓީ ކޯލިޝަން ހަދާފައެވެ.


Advertisement

ކޮމެންޓް

Advertisement