Advertisement

ހުުޅުމާލޭގައި ހަ ބުރީގެ އޮފީސް އިމާރާތެއް އަޅަނީ

21 Oct 2019 | 15:38

ހުޅުމާލޭގައި ހަ ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ޕްލޭނިންގ މިނިސްޓްރީއާއި ބޭރުގެ ކުންފުުންޏަކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްްޓްރީގައި އޮޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނެންްޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެެވެ. މި އިމާރާތް އަޅާ ޗައިނާގެ ކުންފުނިކަމުގައިވާ ހުނާން ނަންބަރ 6 އިންޖީނިއަރިންގ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓިވް ވަންގ ހީއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި އެޅުމަށް ހަމަޖެހިފައިވާ މި އިމާރާތަށް 185،806،545.64 ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނެވެ.

މި އިމާރާތުގެ ޑިޒައިންކޮށް އިމާރާތްކުރާނީވެސް ޗައިނާގެ ކުންފުނިންނެވެ.

އިމާރާތުގެ އިތުރު ތަފްސީލްތައް ވޮއިސްއަށް ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް މަރިޔަމް އިނާ މާޖިދު ވިދާޅުވީ މި އިމާރާތް އަޅާ ނިމުމުން އިމާރާތަށް ބަދަލުވާނެ ސަރުކާރުގެ އިދާރާތައް އަދި ކަނޑައެޅިފައި ނުވާކަމަށެވެ.

އިނާ ވިދާޅުވި ގޮތުގައި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ.

Advertisement

ކޮމެންޓް