ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަންނަ ބުދަ ދުވަހު ބާއްވަނީ

21 Oct 2019 | 21:14

ދިރާގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެންވޭރު ދަނޑުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް އެވެ.

މިއަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވާކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ބުނިގޮތުގައި މުޖުތަމަޢުއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީ ނުކޮށް، އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ، ކުޅިވަރުގެ ރޫހު ކުދިންގެ ކިބައިގައި އަށަގަނެވި މި ފަދަ އިވެންޓްތަކަށް ތައްޔާރު ވުމަށް އެހީތެރިވެވޭނެ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމަކީ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2011 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ މުހިންމު މަގުސަދެވެ.

މި ފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރޭސް، ޓަނަލް ރޭސް އަދި ހެޕީ ފީޓް ރޭސް ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ސެޕެޝަލް އޮލިމްޕިކްސްގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޝީ ނަމަކަށް ކިޔާ ހައްސަ ކުޅިވަރެއްވެސް ތަޢާރަފްވުންކަމަށް ދިރާާގުން ވަނީ ބުނެފައެވެ.

ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރުގެ ފެސްޓިވަލްގައި 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު ސްކޫލް، ކަލާފާން ސްކޫލް، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް ، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު ސްކޫލް، ހުރަވީ ސްކޫލް ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލް ގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.

Advertisement

ކޮމެންޓް