ހައްޖު ކޯޕަރޭޝަން ހިންގުން އާ އިމާރާތަކަށް ބަދަލުކުރަނީ

23 Oct 2019 | 13:35

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މައި އޮފީސް އެހެން އިމާރާތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެކުންފުނީގެ އޮފީސް ހިންގަމުންދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މ.ފުރަންކަރާގައި ކަމަށެވެ.

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު އޮފީސް ބަންދުވާނެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހައްޖާއި އުމްރާ ދަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތެވެ.

Advertisement

ކޮމެންޓް