އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 570 މިލިޔަން ރުފިޔާގެ މަޝްރޫއުއެއް!

23 Oct 2019 | 14:46

އައްޑޫސިޓީގެ ކަރަންޓް ވިއުގައަަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޗައިނާާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މާގިިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާާތެއްގައި ސޮއިކޮށްފައިވަނީ ޗައިނާގެ ޑޮންގްފަންގ އިލެކްޓްރިކް އިންޓަނޭޝަނަލް ކުންފުންޏާއިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަސައްކަތް އެކުންފުންޏާއި ހަވާާލުކޮށްފައިވަނީ 15މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

570މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ ކަރަަންޓްގެ ކެޕޭސިޓީ 36 މެގަވޮޓަށް އިތުރުކުރުމަށް ވަނީ ހަަމަޖެހިފައެވެ. މި މަޝްރޫއު ނިމިގެންދާއިރު ކުރިއަށް އޮތް ފަނަރަ އަހަރަށް ވާާވަރަށް ކަަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމްކުރުމަށްވެސް ވަނީ ހަަމަޖެހިފައެވެ. މިއީ 25އަހަަރަށްފަހު އައްޑޫގެ ކަރަންޓް ވިއުގަ އަޕްޑޭޓްކުރުމުގެ މަސައްކަތެއްކުރާ ފުރަތަމަ ފަހަރެވެ.

ޑޮންގްފަންގ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ބިޑްކުރުމެއް ނެތިއެވެ.

އެކުންފުނިން މިހާރުވެސް ދަނީ ހުޅުމާާލެއާއި މާާލޭގެ ކަރަންޓް ވިއުގަ ގުޅުވާާލުމުގެ މަސައްކަތް ކުރަމުންނެވެ. 

Advertisement

ކޮމެންޓް