Advertisement

ޚިޔާާނާާތުގެ ތުހުމަތުކުރެވޭ ވަޒީރުން މަގާމުން ވަކިވުމަށް ގޮވާލައިފި

23 Oct 2019 | 16:48

އެމްއެމްޕީއާރްސީގެ ޚިޔާާނާާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ވަޒީރެއް ހުރިނަމަ މަގާމުން ވަކިވާާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާާޒިމް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ މި ސަރުކާާރުގެ ފަރާތުން ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތްތަކަށް އަދަބުދޭނެކަަމަށާއި އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތައް ސަރުކާާރުގެ މަގާމްތަކުގައި ތިބޭނަމަ ސަރުކާާރުން ދާާންބޭނުންވާާ ދިމާލަށް މިސްރާާބުޖެހުމަކީ ދަތިކަަމަކަށް ވެގެންދާނެކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ވަކިމަގާމެއްގައި ހުރުމުގެ ސަބަބުން ކުރެވޭ ކުށަކަށް އަދަބުނުދީ ހުރެގެންނުވާނެކަމަށާއި ކޮންމެ ފަރާތެއްވެސް ކުށެއްކޮށްފިނަމަ އެކަމަށް ހައްގު އަދަބު ލިބޭނެކަމަށެވެ. އަދި އެމީހަކާ ދޭތެރޭ ޝައްކެއް ނުވަތަ އެވާހަކަ ދައްކަން ފަށާ ހިސާބުން އިސްތިއުފާ ދީފައި ދާންޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އާޒިމް ވިދާާޅުވިއެވެ.

" އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަޒީރުންވެސް އަޅުގަނޑު ގަބޫލުކުރަނީ މި ވާހަކައިގައި ވާނަމަ، މިކަމުގައި އުޅޭނަމަ އެބަ ޖެހޭ ދުރަށް ޖެހިވަޑައިގަންނަވަން"، މެންބަރު ވިދާޅުވިއެވެ.

ދާާދިފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ މާާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ އެމްއެމްޕީއާރްސީގެ ޚިޔާާނާާތުގެ ފައިސާތަކެއް މަޖިލިސް މެންބަރުންނާއި ވަޒީރުންނަށް ލިބުުނުކަމަށް ހާމަކުރައްވާފައެވެ.

މިހާތަނަށް މީޑިޔާއަށް ހާމަވެފައިވާ ގޮތުގައި އެ ވަޒީރުންނަކީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.

Advertisement

ކޮމެންޓް