Advertisement

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބައިލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭ!

24 Oct 2019 | 15:00

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބައިލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެކަމަށް އެޕާޓީން ބުނެފިއެވެ.

ނޮވެމްބަރު 22ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރައީސްއާއި ނައިބުރައީސްގެ އިންތިޚާބުގައި ވޯޓުލެވޭނެ ފަރާތްތަކުގެ ލިސްޓެއް އެޕާޓީން ވަނީ އާންމުކޮށްފައެވެ.

މި ލިސްޓުގައިވާ ގޮތުގައި 87431 މީހުންނަށް 87އިންތިޚާބީ ދާއިރާއަކުން ވޯޓުލެވޭނެއެވެ. މި ލިސްޓް އެޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އެމްޑީޕީން ވަނީ ހުޅުވާލާފައެވެ.

ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

މިފަހަރުގެ އިންތިޚާބުގައި ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އަދި، ނައިބުރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

Advertisement

ކޮމެންޓް

Advertisement