މި ސަރުކާރަކީ އެމްޑީޕީގެ މެންބަރުން ގެނައި ސަރުކާރެއް: އަސްލަމް

01 Nov 2019 | 14:33

މި ސަރުކާރަކީ އެމްޑީީޕީގެ މެންބަރުން ގެނައި ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ނައިބުރައީސްކަމަށް ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އަސްލަމް މިހެން ވިދާޅުވީ އެބޭފުޅާގެ ސަޕޯޓަރުންނާއިއެކު ރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ހަރުގޭގައި އޮތް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާާރު ގެނައުމަށްޓަކައި އެމްޑީޕީގެ މެންބަރުން އެތަކެއް މުޒާހަރާތަކެއްކޮށް ޖަލުގައި އަނިޔާލިބުނު ކަމަށެވެ. އަދި އެތައް ބައެއްގެ ވިޔަފާރިތައް ފުނޑުފުނޑުވެ އެތައް ބައެއްގެ ވަޒީފާވެސް ގެއްލުނުކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދަނީ ކޯލިޝަން ސަރުކާރަކުންކަމަށް ބުނިކަމުގައިވިޔަސް ޙަޤީގަތަކީ މިހާރު އޮތީ އެމްޑީޕީގެ ބޭފުޅުން ގެނެސްފައިވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެމްޑީޕީގެ މެންބަރުންނަށް ބަލައި އެފަރާތްތަކުގެ އިހުސާސްތައް ދެނެގަންނަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅާ ރޭގެ ވާހަކައިގައި އިތުރަށް ވަނީ ރައީސް މުހައްމަދު ނަޝީދަށް ތައުރީފްކުރައްވައި، އެބޭފުޅާ ނެތްނަމަ އެ ޕާޓީ ބަލިކަށިވެގެންދާނެކަމަށް ވިދާޅުވެފައެވެ.

""ރައީސް ނަޝިދަކީ، މި ޕާޓީގެ ހަގީގީ ބާނީ. މި ޕާޓީ އުފެއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވަރުގަދަ ލީޑަރެއް. އެމަނިކުފާނު ނެތިދިޔައިއްޔާ މުޅި ޕާޓީ އެތައް ގުނައަކަށް ބަލިވެ ނިކަމެތިވެދާނެ،"، އަސްލަމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް