މަޖިލިސް ޖަލްސާގައި އަމަލުކުރާނެ ގޮތުގެ ވިޕްއެއް ނެތް: ޕީޕީއެމް ޕީޖީ ލީޑަރު ނިހާން

27 Oct 2018 | 21:16

މާދަމާ ހެނދުނު 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް ޖަލްސާގައި ވަކި ގޮތަކަށް އަމަލުކުރުމަށް ޕީޕީއެމްއުން ވިޕެއް ނުނެރޭކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއުން އާންމު ގޮތެއްގައި ނެރެނީ ތިން ލެވެލްއެއްގެ ވިޕު ކަމަށާއި ނަމަވެސް މާދަމާއަށް އެޖެންޑާ ކުރެވިފައި ހުރި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތުގެ ވިޕެއް ނެރިފަނުވާނެ ކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނިހާން ބުނުންވިއެވެ.

ވީމާ، އެޖެންޑާ ކުރެފައިވާ މައްސަލަތަކުގައި ގޮތެއް ނިންމުން އޮންނާނީ ޖަލްސާ ފެށިގެން ތަޅުމުގައިކަމަށް ނިހާން ހާމަކުރެއްވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސް ތަކެއްވުމަށްފަހު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށްވަނީ ރައީސް ނަޝީދު މިނިވަންކުރުމާއި، އެންޓި ޑިފެކްޝަން ގާނޫނު އުވާލުން އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރައްވާނެ ދުވަސް ކަނޑައެޅުންފަދަ މުހިންމު މައްސަލަތަކެއް އެޖެންޑާ ކުރެވިފައެވެ. 

Advertisement

ކޮމެންޓް

Advertisement