Advertisement

ހަސަން ލަތީފް އާއި ދުންޔާ އާ ދެމެދު ބަހުގެ ހަމަލާތަކެއް

27 Oct 2018 | 23:42

އިއްޔެ ދުންޔާ "އަވަސް ހުކުރު" އަށް ދިން ހާއްސަ އިންޓަވިއުގައި ރައީސް ނަޝީދާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއަށް ރައްދު ދެއްވައިފި އެވެ.

ދުންޔާގެ އިންޓަވިއުގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް ނަޝީދު މިނިވަންވުމަކީ އެކަމަނާ ވަރަށް ބޮޑަށް އެދޭ ކަމެއްކަން ވިދާޅުވެފައެވެ. ނަމަވެސް ބައިނަލް އަޤުވާމީ ޖަމިއްޔާތައް އެމަނިކުފާނު މިނިވަނަކަށް ނުހެއްދޭނެކަމަށާއި އެކަން ކުރެވޭނީ ޝަރުއީ ނިޒާމްގެ ތެރެއިންކަން އެކަމަނާވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމަށް ރައްދު ދެއްވާ ހަސަން ލަތީފް ވަނީ ދުންޔާއަށް މިހާރު މާގިނަފަހަރު މަތިން މާ ގިނަ ގޮތްްގޮތަށް ރައީސް ނަޝީދާ ބެހޭގޮތުން ވާހަކަ ދެއްކިއްޖެ ކަމަށާއި އެހެންކަމުން އިހްލާސްތެރިކަމާއެކު އެދިލައްވަނީ އިތުރަށް އެވާހަކަ ނުދެއްކެވުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް އަށް ރައްދު ދެއްވާ ދުންޔާ މިއަދު ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލުމާ ގުޅޭ ގޮތުން އެކިފަހަރުމަތިން ވާހަކަ ދެކެވުނު ކަމަށާއި އެއީ ދުންޔާގެ ހިޔާލުކަމަށާއި މުއައްސަސާތަކާއި އިދާރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި އިސްލާހުކުރަން ޖެހެނީ ހާއްސަކޮށް ޝަރުއީ ނިޒާމުކަމަށެވެ.

ދުންޔާ އިތުރަށް ވަދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހައްގު، އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އާނ، އަހަރެން އެ މައްސަލާގައި ވާހަކަ ދައްކައިފިން، އެއީ އަހަރެންގެ ހިޔާލު، މުއައްސަސާތަކާއި އިދާރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ، އިސްލާހުކުރަން ޖެހޭ ހާއްސަކޮށް ޝަރުއީ ނިޒާމް،" ދުންޔާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗައް ޝަރުއީ ހުކުމެެއް އިއްވާފައި އޮތުމުން ސީޔާސީ ފަރާތްކުން އަންނަނީ ހުކުމް އިސްތިއުނާފް ނުވަތަ ކަފާލާތުގެ ދަށުން މެނުވީ ރާއްޖެ ނައުމަށް އެދެމުންނެވެ. ޝައުރީ ނިޒާމުގެ ބާރު ކަނޑުވާ ނުލުމަށް މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް