Advertisement

ގައުމީ ދުވަހުގެ މުނާސަބަތުގައި އުރީދޫން ގެނެސްދެނީ "އެކު"

29 Oct 2019 | 22:27

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތާއި ދިމާކޮށް އުރީދޫ މޯލްޑިވްސްއިން "އެކު" ނަމުގައި މުވާާސަލާތީ ޚިދުމަތްތަކުގެ ޒަރިއްޔާއިން އެއްބައިވަންތަކަން ކުރިއެރުވުމުގެ ޚާއްސަ ކެމްޕޭނެއް ފަށައިިފިއެވެ.

އުރީދޫން މައުލޫމާތުދޭގޮތުގައި މިކެމްޕެއިނުން ދައްކުވައިދެނީ މުޖުތަމައުގެ މެދުގައިވާ ތަފާތުތަކާއި އެކުވެސް، އެއް ބައެއްގެ ގޮތުގައި، އެއްބައިވަންތަކަމާއި، އަޅާލުމާއި އެކު އުޅުމުގެ މުހިއްމުކަމެވެ. ހަމައެހެންމެ، އުރީދޫގެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކާއި އެކު ކަސްޓަމަރުންނަށް ގެނެސްދޭ އިތުރު ފުރުސަތުތަކާއި ފަސޭހަތައް، އަދި އެކުންފުނިން ދިވެހިރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ގެނެސްދިނުމަށް ކުރަމުންދާ ތަފާތު މަސައްކަތްތައްވެސް" އެކު" ކެމްޕެއިން މެދުވެރިކޮށް އަލިއަޅުވާލަދޭނެއެވެ.

އުރީދޫގެ މި ޚާއްސަ ކެމްޕެއިން މިއަދު ތައާރަފްކޮށްފައިވަނީ، އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު، އެ ޔުނިވާސިޓީގައި ބޭއްވުނު ހާއްސަ ކީނޯޓް އިވެންޓެއްގައެވެ. މިގޮތުން، އުރީދޫގެ ބްރޭންޑް ޓީމް ވަނީ، އެކު ކެމްޕެއިން މިސާލެއްގެ ގޮތުގައި ނަގައި، ކެމްޕެއިން ސްޓްރެޓެޖީ ފަރުމާކުރުމާއި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމުގެ އުކުޅުތަކާއި ބެހޭ މައުލޫމާތު، އެމް.އެން.ޔޫ ގައި މާކެޓިންގ ކިޔަވަމުންދާ ދަރިވަރުންނާއި ހިއްސާކޮށްފައެވެ.

އެކު ކެމްޕެއިން ލޯންޗް ކުރި އިވެންޓުގައި ވާހަކަދައްކަމުން، އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވެފައިވަނީ މިފަދަ ޚާއްސަ ދުވަހެއްގައި އެކު ކެމްޕެއިން ތައާރަފްކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އުރީދޫ ބްރޭންޑުންދޭ އަޙަމިއްޔަތު ފާހަގަކުރާކަމަށެވެ.

އަދި ހަމައެހެންމެ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ޤައުމު ބިނާކުރުމަށް އަބަދުމެ މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް